ސަރުކާރާދެކޮޅަށް ކަންކަން ރާވައި ހިންގުމުގައި ޓެކްސީއެއްގެ ގޮތުގައި ދައުލަތުގެ ކާރު ޓެލެކޮމިއުކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ބޭނުންކުރައްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނުދާއިރާގެ މެންބަރު ހުސެއިން ޝަހީމް ތހުމަތު ކުރައްވައިފިއެވެ.
މެންބަރު ޝަހީމް އެ ތުހުމަތުތައް ކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅާފައިވާ، މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ވާހަކަ ދައްކަވަމުންނެވެ.
ޝަހީމް ވިދާޅުވީ، ސަރުކާރާ އިދިކޮޅު، ސަރުކާރަށް ޖެއްސުން ކުރާ ގޮތަށް މަސައްކަތްކުރާ މީހުން މިނިސްޓަރު މަލީހުގެ ކާރު ކޮޅުގައި އުފުލުން އާއްމު ކަމަކަށް ހައްދަވާފައިވާ ކަމަށެވެ.
އެގޮތުން މިނިސްޓަރު މަލީހަށް ދައުލަތުން ފޯރުކޮށްދީފައިވާ ކާރުގައި ސަރުކާރާ ދެކޮޅު ކަންތައްތައް ރޭވުުމުގައި ރޭގަނޑު ދަންވަރު ފުލުފުލުގައި މީހުން އުފުލަން އެ ކާރު ޓެކްސީގެ ގޮތުގައި ބޭނުންކުރާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.
އޭގެ އިތުރުން ޓެކްނޮލޮޖީ މިނިސްޓްރީގެ ވަރަށްގިނަ ބޭފުޅުން މިނިސްޓަރު މަލީހުގެ މަސައްކަތް ކަމު ނުދާކަމަށާއި، އެމީހުންގެ މަސައްކަތަށް މަލީހު ހުރަސް އަޅުއްވާކަމަށް ބުނެ، ޕެޓިޝަނެއް ފޮނުވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން މިނިސްޓްރީގެ މަސައްކަތްތައް ނުހިނގާ ލަސްވުމުގައި މިނިސްޓަރު މަލީހުގެ އިހުމާލު ހިމެނޭ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
މެންބަރު ޝަހީމް ވިދާޅުވީ އެކަންތައްތަކަށް ބަލައި މަލީހުގެ އިތުބާރެއް ނެތް ކަމަށާއި އެހެން ކަމުން އޭނާގެ އިތުބާރު ނެތް ކަމަށް މަޖިލީހުގެ ވޯޓު ދެއްވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް