ރައްޔިތުންގެ މަޖިލީހަކީ ގާނޫނު އަސާސީ ނަގަހައްޓައި ދަމަހައްޓާ އިންސާފުވެރި، ނަމޫނާ އިއްޒަތްތެރި މަޖިލީހެއް ކަން މިއަދު ރައްޔިތުންނަށް ސާބިތުކޮށްދެއްވުމަށް އެދިވަޑަިއގަންނަވާ ކަމަށް ޓެލެކޮމިއުކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މަލީހު މިކަމަށް އެދިވަޑައިގެންނެވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅައިގެން ކުރިއަށްގެންދާ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވެވަޑައިގަތުމުގެ ގޮތުން ވާހަކަ ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ، ހަދާ ނިންމާފައިވާ ގަވާއިދުތަކެއް، ނުހަދާކަމަށް ބުނެ، އިތުބާރު ނެތްކަމަށް ފާސްކުރަން މަޖިލިސް މެންބަރުން ކުރައްވާ ނާތަހުޒީބު އަމަލުން ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި ލައްގަނޑެއް ޖެހޭ ގޮތަށް މެންބަރުން އަމަލު ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މަލީހު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ގޮން ޖައްސަވައި މަޖިލިހުގެ މެޖޯރިޓީ ޕާޓީގެ މަދު މެމްބަރުންތަކެއް އެފަދަ އަމަލެއް ކުރިއަށް ގެންދަން މަސައްކަތް ކުރުމަކީ އެކަމުގެ ސަބަބުން ތިން ބާރު ވަކިވެފައިވާ ވެރިކަން ހިންގުމުގެ ނިޒާމަށް ބުރޫ އަރައި، އެކަމުގެ ސަބަބުން ނުބައި ޕްރިސީޑެންޓެއްވެސް ގާއިމް ވެދާނެ ކަމެއްކަމަށެވެ.
"އަޅުގަނޑުގެ އިހުލާސްތެރި އެދުމަކީ ބޭއިންސާފުގެ މައްޗަށް ތިޔަ އިއްޒަތްތެރި މެންބަރުން އިންސާފު ކުރިއަށް ނެރުން. ބާރު އޮތަތީ، ނުހައްގު އަނިޔާއަށް ހިތްވަރު ނުދިނުން. ކޯލިޝަނެއްގެ ގޮތުގަ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދު ނެގެހެއްޓުން،" މަލީހު ވިދާޅުވިއެވެ.
ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް
ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް
ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް
ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް