ޚަބަރު

ކުޅުދުއްފުށީ ހޮސްޕިޓާ ބޮޑުކުރުމުގެ މަސައްކަތުގެ 50 ޕަސެންޓް ނިމިއްޖެ

ރިފާ ހަލީލު

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓާ ބޮޑުކޮށް މަރާމާތު ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ 50 ޕަސެންޓް ނިމިފައިވާ ކަމަށާއި އަދި ލެބޯޓަރީ އިމާރާތުގެ މަރާމާތުގެ މަސައްކަތްތަކާއި ވޯޑް އިމާރާތުގެ ކޮންކްރީޓް މަސައްކަތްތައް ވެސް މިހާރު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގައި ލެބޯޓަރީ އަކާއި ވޯޑް އިމާރާތެއް ހެދުމުގެ އިތުރުން އޯޕީޑީ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް ހިމެނެ އެވެ

ހެލްތު މިނިސްޓްރީން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 30.3 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫއު މޮބިލައިޒް ކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހު އެވެ.