މ. މުލީ އެއާޕޯޓު މަޝްރޫއުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލު ކޮށްފި އެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 22.1 މިލިއަބް ރުފިޔާ އަށް އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ހަވާލު ކުރާ ގޮތަށެވެ.
މި މަޝްރޫއުގެ މަސައްކަތުގެ ތެރެއިން އެއާޕޯޓުގެ މަސައްކަތަށް މިހާރު ހިއްކާފައިވާ ބިމުގެ އިތުރަށް ބޭނުންވާ ބިން ހިއްކައި އެ ސަރަހައްދުގައި ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ. އޭގެ އިތުރުން 1200 މީޓަރުގެ ސަރަހައްދެއްގައި ރަންވޭ ހެދުމާއި ޓާމިނަލް ބިލްޑިން ހެދުމާއި އެއާޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމްކުރުން މި މަޝްރޫއުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު