އިތުރު ހަ ރަށެއްގައި ކުނި މެނޭޖުކުރުމުގެ ނިޒާމު ގާއިމު ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ޒޯން ހަތަރެއް އަދި ފަހެއްގައި ހިމެނޭ މ. މުލަކާއި ތ. އަތޮޅުގެ ބުރުންޏާއި މަޑިފުށްޓާއި ތިމަރަފުށްޓާއި ކިނބިދޫ އަދި އޮމަދޫގައި ކުނި މެނޭޖްކުރާނެ މަރުކަޒުތައް ގާއިމު ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.
ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން ސަރުކާރުން ހިންގާ މި ޕްރޮޖެކްޓްގެ ދަށުން އަލަށް އިއުލާން ކުރި މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ބީލަން ހުށަހަޅަން ޖެހޭނެ ކަމަށް ފިނޭންސުން ވަނި ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު