ވެކްސިން ޖެހުމުގައި ތަފާތުކުރާ ކަމަށް ތުހުމަތުކުރުމުން އިކުއެޑޯގެ ހެލްތު މިނިސްޓަރު އިސްތިއުފާދެއްވައިފިއެވެ.
އިކުއެޑޯގެ ހެލްތު މިނިސްޓަރު ޖުއާން ކާލޮސް ޒެވަލޯސް އަށް ވަނީ އެގައުމުގައި ކޮވިޑް ވެކްސިން ޖެހުމުގެ ކަންކަމުގައި ނުފޫޒު ބޭނުންކޮށް ވެކްސިން ޕްރޮގްރާމް ހިންގުމުގައި ފަރުވާކުޑަ ކޮށްފައިވާކަމުގެ ތުހުމަތުގެ މައްސަލަތަކަކާ ކުރިމަތިވެވަޑައިގެންފައެވެ.
ހެލްތު މިނިސްޓަރު ޖުއާން ކާލޮސް އިސްތިއުފާ ދެއްވި ނަމަވެސް އެމައްސަލަތައް ތަހުގީގު ކުރުމަށް އެގައުމުގެ ޕްރޮސެކިއުޓަރުން ވަނީ ނިންމާފައެވެ.
ހެލްތް މިނިސްޓަރުގެ މައްޗަށް ވަނީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން އާއިލާގެ ބައެއް މީހުންނަށް ވަކީން ވެކްސިން ދެއްވި ކަމުގެ ތުހުމަތުވެސް ކޮށްފަ އެވެ. މިނިސްޓަރު ވަނީ އިސްތިއުފާގެ ސިޓީ އެގައުމުގެ ރައީސް ލެނިން މޮރޭނޯ އަށް ފޮނުއްވައިފައެވެ.
އިސްތިއުފާގެ ސިޓީގައި މިނިސްޓަރު ވަނީ އެގައުމަށް ކުރިމަތިވެފައިވާ ސިއްހީ ނުރައްކާތެރި ހާލަތުގައި އެތައް ގުރުބާނީތަކެއް ވެވަޑައިގެންފައިވާނެކަމަށް ފާހަގަކުރައްވާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ