ފަނަރަ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތްކުރުމަށް ފަސް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަސްލަމެވެ. މައިކްރޯން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ނަޖީބެވެ. އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ހުސެއިން ތަސްމީނެވެ. މާކެޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނަސީމެވެ. އަދި ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައުދުﷲ އަހުމަދެވެ.
ހައުސިން މިނިސްޓްރީން ބުނީ މި މަޝްރޫއުތަކުގެ އަގަކީ 407,145,030 ރުފިޔާ ކަމަށާއި މި 15 ރަށުގައި ހިންގާ މަޝްރޫއުތަކަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ދިވެހި ސަރުކާރުގެ ބަޖެޓުން ކަމަށެވެ.
- އއ. ބޮޑުފޮޅުދޫގައި ފެނާއި ނަރުދަމާ ނިޒާމު - 26,786,048ރ.
- ގދ. ރަތަފަންދޫގައި ފެނާއި ނަރުދަމާ ނިޒާމު - 33,692.736ރ.
- ތ. އޮމަދޫގައި ފެނާއި ނަރުދަމާ ނިޒާމު - 32,471,048ރ.
- ދ. މާއެނބޫދޫގައި ފެނުގެ ނިޒާމު - 16,487,650ރ.
- ހއ އުތީމުގައި ފެނުގެ ނިޒާމު - 22,025,612ރ.
- ހދ. ނައިވާދޫގައި ނަރުދަމާ ނިޒާމު - 12,885,746ރ.
- ފ. ފީއަލީގައި ފެނުގެ ނިޒާމު - 25,457,105ރ.
- ރ. ރަސްމާދޫގައި ފެނުގެ ނިޒާމު - 24,990,358ރ.
- ތ. ބުރުނީގައި ފެނުގެ ނިޒާމު - 26,705,436ރ.
- ދ. ރިނބުދޫގައި ފެނާއި ނަރުދަމާ ނިޒާމު - 34,641,602ރ.
- ތ. ވޭމަންޑޫގައި ފެނުގެ ނިޒާމު - 36,761,383ރ.
- ގއ. ކޮނޑޭގައި ފެނާއި ނަރުދަމާ ނިޒާމު - 35,962,704ރ.
- ރ. މާކުރަތުގައި ފެނުގެ ނިޒާމު - 31,427,728ރ.
- ދ. ހުޅުދެލީގައި ފެނުގެ ނިޒާމު - 20,341,216ރ.
- ލ. ދަނބިދޫގައި ފެނުގެ ނިޒާމު - 26,508,651ރ.
ޚަބަރު
ޚަބަރު
ޚަބަރު