ކުޅުދުއްފުށި ސިޓީގެ މަގު ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފިއެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އާރުޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކެވެ.
ހައުސިން މިނިސްޓްރީން ބުނީ ކުޅުދުއްފުށި މަގުތައް ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 100 މިލިއަން ރުފިޔާއަށް ކަމަށާއި އަދި އެކުންފުންޏާ ހަވާލުކޮށްފައިވަނީ އެ މަސައްކަތް 510 ދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ކުޅުދުއްފުށީގައި ހަ ކިލޯމީޓަރުގެ މަގުތަކުގައި ތާރުއަޅައި، މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމުކޮށް މަގުބައްތި ޖެހުން ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު