ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ 10 ސްކޫލެއްގައި ހިންގާ ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ކްލާސްތަކުގައި ކުދިންނަށް ކިޔަވައިދިނުމަށް ބޭނުންވާ ތަކެތި މިއަދު ހަދިޔާކޮށްފި އެވެ.
ބީއެމްއެލް އިން ބުނީ މިއީ ކުދިންގެ ގާބިލުކަމާއި، އެހެން މީހުންނާ ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ހުނަރު ތަރައްގީކުރުމާއި އެކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ވަސީލަތްތަކެއް ކަމަށެވެ.
މި ވަސީލަތްތައް ފޯރުކޮށްދީފައިވަނީ ހއ. އަތޮޅު ތައުލީމީ މަރުކަޒު، ހދ. އަަތޮޅު ތައުލީމީ މަރުކަޒު، ޅ. އަތޮޅު ތައުލީމީ މަރުކަޒު، ކ. އަތޮޅު މަދަރުސާ، އއ. މަތިވެރި ސްކޫލު، އއ. ފެންފުށި ސްކޫލު، ދ. އަތޮޅު ތައުލީމީ މަރުކަޒު، ލ. އަތޮޅު ތައުލީމީ މަރުކަޒު، މުހައްމަދު ޖަމާލުއްދީން ސްކޫލު އަދި ސ. އަތޮޅު މަދަރުސާއަށް ކަމަށް ބިއެމްއެލް އިން ވަނީ ބުނެފަ އެވެ.
މިއީ ބޭންކުގެ ސީއެސްއާރު ސްޓްރެޓެޖީގެ ދަށުން ބޭންކުން ހާއްސަ އިސްކަމެއް ދީގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެއް މަސައްކަތް ކަމަށް އެ ބޭންކުން ވަނީ ބުނެފަ އެވެ.
ފާއިިތުވި އަހަރުގެ ތެރޭގައި ވެސް ބީއެމްއެލް އިން ވަނީ ރާއްޖޭގެ 10 ސްކޫލުގައި ހިންގާ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފަ އެވެ. އަދި މީގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ 65 ފަރާތަކަށް މިދިޔަ އަހަރު މޮޓޮރައިޒްޑް ވީލްޗެއާ ވެސް ވަނީ ހަދިޔާކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު