ގަވާއިދާ ހިލާފަށް ދާ އަޅައިގެން މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ މަސްބޯޓެއް އަތުލައިގެންފި އެވެ.
އެމްއެންޑީއެފުން ބުނީ، ނ. އަތޮޅު ބޮއެގެ އުތުރުން 30 މޭލު ބޭރުން ދާ އަޅައިގެން މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި މިހާރު މި ބޯޓު ކުޅުދުއްފުއްޓަށް ވެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.
މި ބޯޓުގެ މައުލޫމާތު އެމްއެންޑީއެފުގެ ކޯސްޓުގާޑު އެމްއާރުސީސީއަށް ލިބިފައިވަނީ އެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ "އަސަރީ" ދޯނިން މިއަދު ހެނދުނު 8:40 ގައި ކަމަށެވެ. ނަމަވެސް މި ބޯޓަކީ ކޮން ގައުމެއްގެ ބޯޓެއްކަން އަދި ނޭނގެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު