ރާއްޖޭގެ އެންމެ ފުރަތަމަ ހޮސްޓެސުންގެ ތެރޭގައި ހިމެނޭ ފާތިމަތު އަބްދުﷲ މަރުވެއްޖެ އެވެ.

ގިނަ އަންހެނުންތަކަކަށް އޭވިއޭޝަން ދާއިރާ އާއި އެއާހޮސްޓެސްގެ ދާއިރާއިން ކުރިއަށް ދިޔުމަށް ބޮޑު ހިތްވަރަކަށް ވެގެންދިޔަ ފާތިމަތު މަރުވީ ރޭގެ ވަގުތެއްގަ އެވެ.

އުމުރުން 65 އަހަރުގެ ފާތިމަތުގެ ކަށުނަމަދު މިއަދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި އޮންނާނެ އެވެ.

ފާތިމަތު އަކީ ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒާ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ ޑރ. އަލީ ލަތީފުގެ ދައްތަ އެވެ.