ޚަބަރު

30 އަހަރުން މަތީގެ މީހުންނަށް މާދަމާއިން ފެށިގެން މަޖިލިސްކުރާ ގޭގައި ވެކްސިން ޖެހޭނެ

އަލީ ޔާމިން

މާލޭގައި އުޅޭ 30 އަހަރުން މަތީގެ މީހުންނަށް މާދަމާއިން ފެށިގެން ރައްޔިތުން މަޖިލިސް ކުރާ ގޭގައި ވެކްސިން ޖެހޭނެ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

އޭޑީކޭ ހޮސްޕިޓަލުން ވެކްސިންގެ ހިދުމަތް މިމަހުގެ ދިހަވަނަ ދުވަހުން ފެށިގެން ދެމުން އަންނަނީ ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައެވެ.

އޭޑީކޭއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި ކުރިއަށްދާ ވެކްސިން ދިނުމުގެ ހިދުމަތް އާންމުކޮށް ހުޅުވާލާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން އާންމުކޮށް ހުޅުވާލައިގެން ވެކްސިން ދެމުން ގެންދާނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 30 އަހަރުން މަތީގެ މީހުންނަށް ކަމަށް އޭޑީކޭއިން ބުންޏެވެ.

މީގެ އިތުރުން އެ ހޮސްޕިޓަލުން ބުނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްދާނެ ކަމަށެވެ.

ވެކްސިން ޖަހަން އަންނަ މީހުން މަޖިލިސްކުރާ ގެއަށް ވަންނަން ޖެހޭނީ ހަކުރާ ގޯޅީގައި ހުންނަ ގޭޓުންނެވެ.