އަލަށް އެކުލަވާލާފައިވާ ރާއްޖޭގައި ބިދޭސިން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގެ ދަށުން ވޯކް ޕާމިޓް ފީ ބަލައިގަތުމަށް ހަމަޖެހިފައިވާ އޮންލައިން ޕްލެޓް ފޯމަށް އަހުލުވެރި ނުވާތީ އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ޖޫރިމަނާއަކާ ނުލައި ވޯކް ޕާމިޓް ފީ ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން އަލަށް އެކުލަވާލި ގަވާއިދުގެ ދަށުން ވޯކް ޕާމިޓް ދޫކުރަން ފަށާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. އެ ގަވާއިދުގެ ދަށުން ބިދޭސީންނަށް ވޯކް ޕާމިޓް ދޫކުރާނީ މިނިސްޓްރީން ބިދޭސީންގެ ވެރިފިކޭޝަން ހެދުމަށް ފަހުގަ އެވެ. އަދި މި ވެރިފިކޭޝަން ކުރުމަށް ނިންމާފައިވަނީ އެ މިނިސްޓްރީގެ އޮންލައިން ޕްލެޓް ފޯމް، އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ބިދޭސީންނަށް ވޯކް ޕާމިޓް ދޫކުރުމަށް ގެނައި ބަދަލާއެކު އެކްޕެޓް އޮންލައިން ސިސްޓަމް ބޭނުން ކުރުމަށް ބައެއް ފަރާތްތަކަށް ދަތިތަކާ ކުރިމަތިވަމުން އަންނާތީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް، ޖޫރިމަނާއަކާ ނުލައި ވޯކް ޕާމިޓް ފީ ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.
އެކްސްޕެޓް އޮންލައިން ސިސްޓަމްގެ ހިދުމަތަކީ ބިދޭސިން ގެނައުމަށް ކުރަންޖެހޭ ރެޖިސްޓްރޭޝަން މަސައްކަތް ކުރާ ސިސްޓަމެކެވެ. އެގޮތުން އެ ސިސްޓަމުގެ ތެރެއިން ބިދޭސީ މީހުން ގެނައުމުގެ ގޮތުން އެކްސްޕެޓް ސިސްޓަމް ގައި ރަޖިސްޓްރީކޮށް އޮންލައިން އެޕްލިކޭޝަން ހުށައަޅައި އަދި ކޯޓާ އާއި އެންޕްލޮއިމަންޓް އެޕްރޫވަލް އަށް ހުށަހެޅޭނެއެވެ.
އޭގެ އިތުރުން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށް "އެކްސްޕެޓް އޮންލައިން ސިސްޓަމް" މެދުވެރިކޮށް ހުށަހެޅުމުން ރަޖިސްޓްރީކުރުމުގެ ކަންކަން އޮންލައިންކޮށް ކުރިއަށް ގެންދެވޭނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު