މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސަރަހައްދުގައި ހިނގި ހިތާމަވެރި ދެ ހާދިސާއެއްގައި ދެމީހަކު މަރުވި މައްސަލައާ ގުޅިގެން، އެމްޕީއެލް އާއި ޓްރާންސްޕޯޓް އޮތޯރިޓީގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
މިމަހުގެ ފަސްވަަނަ ދުވަހު އެމްޕީއެލްގެ ޔާޑުގައި ހުރި ކާޕެޓް ރޯލުތަކެއް ބޭރަށް ނެރުމަށްޓަކައި ކެރޭނުން ދޯންޏަކަށް އެރުވުމުގެ ތެރޭގައި ބެލެންސް ކެޓުމުގެ ސަބަބުން، ކާޕެޓް ރޯލެއް ގައިމައްޗަށް ވެއްޓި އޭގެ ދަށުވެގެން ލިބުނު އަނިޔާތަކަށް، ޒަހަމްތަކަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު، އިންޑިއާއަށް ގެންގޮސް އިތުރަށް ފަރުވާދެމުން ދަނިކޮށް މަރުވެފައި ވަނީ، ހދ. ނޮޅިވަރަމް، ނައިޓް ޑްރީމް، އިމްރާން އަލީ، 28އ. އެވެ. އޭނާ މަރުވީ މިމަހުގެ 17 ވަނަ ދުވައެވެ.
މިދިޔަ މަހުގެ ހަތްވަނަ ދުވަހުގެރޭ އެމްޕީއެލް ސަރަހައްދުގައި، ބިއްލޫރި ޕެލެޓެއް ވެއްޓި އޭގެ ދަށުވުުމުގެ ސަބަބުން ލިބުނު ޒަހަމްތަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވަނީ ނ. ލަންދޫ، ފޭރުގަސްދޮށުގޭ، އަބްދުﷲ އާސިމް (27އ) އެވެ. އޭނާ މަރުވީ މިދިޔަ މަހުގެ 16 ގައެވެ.
މި ދެ މައްސަލައާ ގުޅިގެން އެމްޕީއެލްގެ ސަލާމަތީ ކަންތައްތައްތަކާ ބެހޭގޮތުން 241 ކޮމިޓީގައި މިއަދު ކުރި މަޝްވަރާތަކުގައި، އެ ހާދިސާތައް ހިނގަން ދިމާވި ސަބަބުތައް އޮޅުންފިލުވުމަށް އެމްޕީއެލް އާއި ޓްރާންސްޕޯޓް އޮތީރިޓީގެ އިސްވެރިން ހާޒިރުކުރަން ފާސްކުރިއެވެ.
އެސްއޯއީ ކޮމިޓީގެ މުގައްރިރު ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ، އަންނަ ބުދަދުވަހު ބާއްވާ ކޮމިޓީ ބައްދަލުވުމަށް އެބޭފުޅުން ހާޒިރުކުރަން މަސައްކަތްކުރައްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު