އަންނަ މަހުގެ އެކަކުން ފެށިގެން މެލޭޝިއާގެ ސްކޫލްތައް ހުޅުވަން ނިންމައިފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މެލޭޝިއާގެ ސީނިއާ މިނިސްޓަރ އޮފް އެޑިއުކޭޝަން މުހައްމަދު ރަޑްޒީ އެމްޑީ ޖިޑިން ވިދާޅުވީ އެގައުމުގެ ސްކޫލްތައް އަންނަ މަހުގެ އެކެއްގައި ހުޅުވާއިރު ފުރަތަމަ ހުޅުވާލާނީ ހަމައެކަނި ޕްރީ ސްކޫލްތަކާއި ޕްރައިމަރީ އެކެއް އަދި ޕްރައިމަރީ ދޭއް ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ސެކަންޑަރީ ލެވެލްގެ ދަރިވަރުންގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ ހަތަރެއް ނުވަތަ ފަހެއްގައި ކަމަށެވެ.
މެލޭޝިއާގެ ސްކޫލްތައް ހުޅުވުމުގެ ތައްޔާރީތައް ފަށާފައި ވީނަމަވެސް އެގައުމުގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވުމާއެކު ބައެއް ސްޓޭޓްތަކުގެ ކިޔެވުން ފެށުން ލަސްވެދާނެކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މެލޭޝިއާގެ ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު އެގައުމުގެ ސްކޫލްތަކުގެ ކިޔެވުން ވަނީ އޮންލައިކޮށް ކިޔަވައިދޭ ގޮތަށް ބަދަލުކޮށްފައެވެ.
މެލޭޝިއާއިން މިހާތަނަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 275،000 އަށްވުރެން މައްޗަށް އަރާފައިވާއިރު އެގައުމުން މިހާތަނަށް 1030 މީހުން ބަލީގައި މަރުވެފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ