މާބަނޑު މީހުން ބޭނުންކޮށްގެން ފައިޒާ ވެކްސިން ޓެސްޓު ކުރަން ފަށައިފިއެވެ.
އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކް ގުޅިގެން އުފައްދާފައިވާ ފައިޒާ ވެކްސިން ވެފައިވަނީ ދުނިޔެއިން ކޮވިޑް ނައްތާލުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އުފައްދާފައިވާ ވެކްސިންތަކުގެ ތެރެއިން ކާމިޔާބު ކަމަށް ދައްކާފައިވާ ވެކްސިނެކެވެ.
ފައިޒާ ވެކްސިން އެކި އުމުރުފުރާގެ މީހުންގެ ގަޔަށް ޖަހަންފަށާފައިވާ އިރު، ކޮވިޑް ޖެހުމުގެ ފުރުސަތު އޮތް ހައިރިސްކު މީހުންގެ ތެރެއިން މާބަނޑު މީހުންނަށް ވެކްސިން ޖެހުމަށް އެކުންފުނިން ވަނީ ޓެސްޓުތައް ފަށައިފައެވެ.
ފައިޒާ އިން ވަނީ މާބަނޑު މީހުންނަށް ވެކްސިން ޓެސްޓު ކުރުމަށް ބައިނަލްއަގުވާމީ ޓެސްޓުތަކެއް ފަށައިފައެވެ. 4000 ވޮލެންޓިއަރުން ބޭނުންކޮށްގެން ޓެސްޓުތައް ހެދުމަށް ނިންމާފައިވާކަމަށް އެކުންފުނިން ބުނެއެވެ.
ފައިޒާ ވެކްސިންގެ ސީނިއާ ވައިސް ޕްރެސިޑެންޓް ޑރ. ވިލިއަމް ގްރުބާ ވިދާޅުވީ މިއަހަރުގެ ހަތަރުވަނަ ކުއާޓަރުގައި މާބަނޑު މީހުން ބޭނުންކޮށްގެން ހަދާ ޓެސްޓުތަކުގެ ނަތީޖާ ލިބޭނެ ކަމަށެވެ.
ފައިޒާ އިން ބުނީ ޓެސްޓުތަކުގައި ބައިވެރިވާނީ ސިއްހަތު ރަނގަޅު މާބަނޑު މީހުންގެ ތެރެއިން އުމުރުން 18 އަހަރުން މަތީގެ މީހުން ކަމަށެވެ.
މާބަނޑު މީހާގެ އިތުރުން ބަނޑުގައި އޮންނަ ދަރިފުޅުގެ ހަށިގަނޑުގައިވެސް ވެކްސިންގެ ސަބަބުން އެންޓިބޮޑީ އުފެދޭތޯ ބެލުމަށް ވަނީ ހަމަޖެހިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ