ދިރުން ހުރިތޯ ބެލުމަށް ނާސާއިން ފޮނުވި އުޅަނދު މާސް އަށް ތިރިކޮށްފިއެވެ.
ހަތް މަސްދުވަހުގެ ދަތުރަކަށްފަހު 470 މިލިއަން ކިލޯމީޓަރު ކަޑައްތުކޮށް ނާސާގެ އުޅަނދު މާސް އަށް ތިރިކޮށްފައިވާއިރު މާސްގައި ދިރުން ހުރިތޯ ބެލުމަށް ކުރަން ޖެހޭ ދިރާސާތައް ކުރުމަށް އެ އުޅަނދުގައި ވަނީ ފަހުގެ ސައިންޓިފިކް އާލާތްތައް ހަރުކޮށްފައެވެ.
މި މިޝަންގައި ނާސާގެ އުޅަނދުން މާސްގެ ފަށަލަ ތޮރުފައި ސާމްޕަލް ނަގައި އިތުރު ތަހުލީލުތައް ކުރުމަށް ބައެއް ސާމްޕަލް ދުނިޔެއަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
ނާސާގެ އުޅަނދަށް މާސްގެ ޖައްވުގެތެރެއަށް ވަދެވުމާއެކު ވަނީ ގަޑިއަކު 20،000 ކިލޯމީޓަރުގެ ބާރު މިނުގައި ދަތުރުކޮށްފައެވެ. އެއަށްފަހު ހަތްމިނެޓު ތެރޭ އުޅަނދު މާސްއަށް ތިރިކޮށްފައިވާއިރު މިއީ މިހާތަނަށް ނާސާގެ އިންޖިނިއަރުންނަށް އެންމެ އުނދަގޫވެގެންދިޔަ ހަތް މިނެޓުކަމަށް ނާސާއިން ބުނެއެވެ.
ދުނިޔެއިން ނާސާއަށް ތަހުލީލުތައް ކުރުމަށް މިހާތަނަށް 14 ޖައްވީ އުޅަނދު ފޮނުވާފައިވާއިރު ކާމިޔާބު ވެފައިވަނީ އަށް އުޅަނދުގެ މަސައްކަތެވެ. ނާސާއިން މިހާތަނަށް ފޮނުވާފައިވާ އުޅަނދުތަކުގެ ތެރެއިން މިފަހަރު ފޮނުވާފައިވަނީ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު އުޅަނދެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ