އިސްރާއީލުގައި ވެކްސިން ނުޖަހާ މީހުންނާމެދު ފިޔަވަޅު އަޅަން ނިންމައިފިއެވެ.
އިސްރާއީލުގެ ހެލްތު މިނިސްޓަރު ޔޫލީ އެޑެލްސްޓެއިން ވަނީ އެގައުމުގައި ކޮވިޑާ ދެކޮޅަށް ފަށާފައިވާ ވެކްސިން ޕްރޮގްރާމްގައި ވެކްސިން ޖެހުމާ ދެކޮޅު ހަދާ މީހުންނަށް ބައެއް ކަހަލަ ވަޒީފާތަކުގައި ނުތިބެވޭނެ ކަމަށް ވިދާޅުވެފައެވެ.
ހެލްތު މިނިސްޓަރު ވަނީ ވެކްސިން ޖަހާފައިވާކަން ހާމަކުރުމަށް ބައެއް މީހުން ވެކްސިން ސެޓްފިކެޓް ފޯޖު ކުރާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާކަމަށް ވިދާޅުވެފައެވެ. އަދި ފޯޖު ސެޓްފިކެޓް ގެންގުޅޭކަން ސާބިތުވާ މީހުން ޖަލަށް ލާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޔޫލީ ވިދާޅުވީ ވެކްސިން ނުޖަހާ މީހުން މުސްތަގުބަލުގައި ޖެހޭނީ ކޮންމެ 48 ގަޑިއިރަކުން ޓެސްޓު ހަދަން ކަމަށެވެ.
އިސްރާއީލުގައި ކޮވިޑްޖެހި ރަނގަޅުވާ މީހުންނާއި ވެކްސިން ޖަހާ މީހުންނަށް ހާއްސަ ފާހެއް ދިނުމަށް ވަނީ ނިންމައިފައެވެ. އެގޮތުން މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން އެގައުމުން ގްރީން ޕާސް ސިސްޓަމް ތައާރަފުކުރުމަށް ނިންމާފައި ވެއެވެ.
އިސްރާއީލުން މިހާތަނަށް ހަތް މިލިއަނަށަވުރެ ގިނަ މީހުންނަށް ވެކްސިން ދީފައި ވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ