މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރުމަށް ރާއްޖެއާއި މަލާވީން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، މަލާވީގެ ފޮރިން މިނިސްޓަރު އެއިސެންހޮވަ އެންޑުވަ އެމްކަކަ އާއެކު ވާޗުއަލްކޮށް އިއްޔެ ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުވުމުގައި ދެ ވަޒީރުން ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. އެގޮތުން، ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދެގައުމު ގުޅިގެން ކުރެވެންހުރި ކަންކަމާ ބެހޭގޮތުން ދެ ވަޒީރުން ވަނީ މަޝްވަރާކުރައްވައިފައެވެ.
މީގެ އިތުރުން، ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް 19 ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވޭ ކަންކަމާއި، މި ބަލިމަޑުކަމުގެ ސަބަބުން އިގުތިސޯދީ އަދި މާލީގޮތުން ދެގައުމަށް ކުރިމަތިވާ ދަތިތަކަށްވެސް އަލިއަޅުވާލައި މި ބައްދަލުވުމުގައި ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު