ދިހަ ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު ގާއިމުކުރުމަށް އެރަށްރަށުގެ ކައުންސިލުތަކާ ހަވާލުކޮށްފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ދިހަ ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު ގާއިމުކުރުމަށް އެރަށްރަށުގެ ކައުންސިލްތަކާއި އެ މިނިސްޓަރީއާއެކު މިއަދު ފަހުމްނާމާތަކުގައި ސޮއިކޮށްފައިވާ ކަމަށެވެ.
- ހއ. އިހަވަންދޫ
- ހއ. ދިއްދޫ
- ހއ. ވަށަފަރު
- ހއ. އުތީމު
- ހދ. ނައިވާދޫ
- ހދ. ހަނިމާދޫ
- ހދ. ނޮޅިވަރަންފަރު
- ހދ. ނެއްލައިދޫ
- ށ. ނަރުދޫ
- ގދ. ތިނަދޫ
މި މަޝްރޫއުތަކަށް މިއަހަރުގެ ބަޖެޓުގައި ޖުމްލަ 9.1 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު