ޚަބަރު

ބޭންކު ޓްރާންސްފާ އިން، ފެން ބިލު ދެއްކުމަށްފަހު މައުލޫމާތު ފުރިހަމަ ކުރަން އެދިއްޖެ

1

ޑައިރެކްޓް ބޭންކު ޓްރާންސްފާ ބޭނުންކޮށްގެން އެމްޑަބްލިއުއެސްސީގެ ހިދުމަތްތަކަށް ފައިސާ ދައްކާ ކަސްޓަމަރުން ޓްރާންސްފާ ސްލިޕް ފޮނުވާއިރު މައުލޫމާތު ފުރިހަމަ ކުރުމަށް އެ ކުންފުނިން އެދިއްޖެ އެވެ.

އެމްޑަބްލިއުއެސްސީން މިއަދު ބުނީ ބޭންކް ޓްރާންސްފާ ކުރާ ކަސްޓަމަރުން ޓްރާންސެކްޝަންގެ ތަފްސީލާއި ފައިސާގެ ރަސީދު ފޮނުވުމަށް ހާއްސަ ވެބްޕޭޖެއް ހަދާފައިވާ ކަމަށެވެ.

ނަމަވެސް ބައެއް ފަރާތްތަކުން ބޭންކް ޓްރާންސްފާ ކޮށްގެން ހިދުމަތްތަކަށް ފައިސާ ދެއްކުމަށް ފަހު، އެ ވެބްޕޭޖްގައިވާ ފޯމް ފުރިހަމަ ނުކުރާތީ އެ ފަރާތްތަކުގެ އެކައުންޓްތައް އަޕްޑޭޓުވުމުގައި އަދި ފައިސާ ދެއްކި ފަރާތްތައް ދެނެގަތުމުގައި ދަތިތަކެއް ދިމާވަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެހެންކަމުން ފައިސާ ދެއްކުމަށް ފަހު އެ ވެބްޕޭޖުގައިވާ މައުލޫމާތު ފުރިހަމަ ނުކުރާ ކަސްޓަމަރުން ވީ އެންމެ އަވަހަކަށް މައުލޫމާތު ފުރިހަމަކޮށް، ފައިސާގެ ރަސީދު ހިއްސާކޮށްދިނުމަށް އެކުންފުނިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު އެމްޑަބްލިއުއެސްސީގެ ހޮޓްލައިން ނަމްބަރު 105 އާ ގުޅުމުން ލިބޭނެ އެވެ.