ހިޔާނާތުގެ މައްސަލައަކާ ގުޅިގެން ފުލުހުން ދެ ބިދޭސީއަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ އެ ދެމީހުން ހޯދަމުން އަންނަނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރަމުން އަންނަ ހިޔާނާތުގެ މައްސަލައެއްގެ ތުހުމަތުގައި ކަމަށެވެ.

ހޯދަމުން އަންނަ ދެ ބިދޭސީންނަކީ ތާރާ މިއަ (38އ) އާއި ކަމާލް (36އ) އެވެ. މި ދެމީހުންނަކީވެސް ބަންގްލަދޭޝްގެ ރައްޔިތުންނެވެ.

ވީމާ މި ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ނަމްބަރު 9790048 އަށް ގުޅައި ހިއްސާކުރުމަށް އެދޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.