ހދ. ކުޅުދުއްފުށި ބޮއި ކައިރިން މަސްވެރިކަން ކުރަން އުޅުނު ދޯންޏެެއްގައި ހުރި މަސްވެރިއެއްގެ ލޮލުގައި ބުޅިއެއް އަޅައިގަނެގެން އަވަސް ފަރުވާ ދޭން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ ކުޅުދުއްފުށި ބޮއި ކައިރީގައި މަސްވެރިކަން ކުރަން އުޅުނު "ނިއުމަތް" ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި 35 އަހަރުގެ މީހެއްގެ ލޮލަށް ބުޅި ހެރި ޒަހަމްތަކެއް ވެގެން އެމްއެންޑީއެފްގެ އެހީތެރި ކަމަށް އެދިފައިވާ ކަމަށެވެ. އަދި އެމީހާ އަށް އެހީތެރިކަން ފޯރުކޮށްދީ ފަރުވާ އަށް މިހާރު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
މަސްވެރިކަން ކުރަން އުޅުމުގެ ތެރޭގައި ލޮލަށް ބުޅި ހެރުން ވަނީ އާންމުވެފަ އެވެ. އެހެން ކަމުން މަސްވެރިކަން ކުރަމުން އަންނައިރު އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ފަރުވާ ބެހެއްޓުމަށް ކަމާގުޅޭ އިދާރާތަކުން އަންނަނީ އިރުޝާދު ދެމުންނެވެ.