އަތޮޅުތެރޭގެ ހަ ސަރަހައްދެއްގެ ސިއްހީ މަރުކަޒުތައް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ހދ. މަކުނުދޫ، ނ. މާފަރު، ށ. ކަނޑިތީމު، ހއ. ކެލާ، ފ. ފީއަލި އަދި އއ. ތޮއްޑޫ ސިއްހީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.
މި މަސައްކަތަކީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުގެ މަތިން ކުރިއަށްދާނެ މަސައްކަތެއް ކަމުން ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ މި މަސައްކަތްތައް ކުރިއަށް ދާނީވެސް އެ އުސޫލުގެ މަތިން ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ކޮންމެ ބީލަމަކަށް 1500 ރުފިޔާގެ ނޮން ރިފަންޑެބަލް ރެޖިސްޓްރޭޝަން ފީއެއް ދަންކަން ޖެހެ އެވެ. އަދި މި ފީ މިއަދުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހާއި ހަމަޔަށް އެ މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް، ބަނޑޭރި ޕޭ މެދުވެރިކޮށް ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ފިނޭންސް އިން ވަނީ ބުނެފަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި މަސައްކަތްތަކާބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓް ކޮޕީ ފޯމެޓުގައި އެ މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން މިއަދުން ފެށިގެން ޑައުންލޯޑް ކުރެވޭނެ ކަމަށާއި ބީލަންތަކާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށެވެ.
މީގެ އިތުރުން މިނިސްޓްރީން ބުނީ ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު