އދ. އޮމަދޫގައި ހިންގި ހަމަނުޖެހުމެއްގައި އަނިޔާވި ކުއްޖަކު މާލެ ގެނެސް، ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނީ އޮމަދޫގައި މިއަދު އިރުއޮއްސި 6:10 ހާއިރު ދަނޑުމަތީގައި ކުޅެން އުޅުނު ކުދިބައެއްގެ މެދުގައި ހަމަނުޖެހުމެއް ހިންގާފައިވާ ކަމަށެވެ.
އެ ހަމަނުޖެހުމުގައި 18 އަހަރުން ދަށުގެ ކުއްޖަކަށް އަނިޔާވެގެން އައިޖީއެމްއެޗްއަށް ގެނެސް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ނަމަވެސް އެކުއްޖާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު