ދިރާގު

ސޭފާ އިންޓަނެޓް ޑޭ: ރައްކާތެރިކަމާއެކު އިންޓަނެޓް ބޭނުންކުރުމަށް ދިރާގުން ހަނދާންކޮށްދީފި

އިންޓަނެޓާއި ޓެކްނޮލޮޖީ މިވަނީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ މައިގަނޑު އެއް އަސާސްކަމުގައި ވެފައެވެ. ވަކިން ހާއްސަކޮށް ކޮވިޑް 19ގެ ބަލިމަޑުކަމުގެ ތެރޭގައި އިންޓަނެޓްގެ މުހިންމު ކަމާއި، އިޖުތިމާއީ ގުޅުން ނެގެހެއްޓުމަށް ލިބުނު ބާރަކަށް ވެފައިވާކަން ވަނީ ހާމަވެގެން ގޮސްފައެވެ. އިންޓަނެޓަކީ މިހާ މުހިންމު އެއްޗެއް ކަމުގައިވީ ހިނދު، އިންޓަނެޓް ބޭނުން ކުރުމުގައި ރައްކާވެތިބުމާއި، ޒިންމާދާރު ގޮތުގައި އިންޓަނެޓް ބޭނުން ކުރުމަކީވެސް ނުހަނު މުހިންމު ކަމެކެވެ.

"ސޭފާ އިންޓަނެޓް ޑޭ"، ނުވަތަ ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރުމާ ގުޅޭ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގުން ވަނީ ކަސްޓަމަރުން އިންޓަނެޓް ބޭނުން ކުރުމުގައި އަބަދުމެ ސަމާލުވެ ތިބުމަށް ހަނދާންކޮށްދީފައެވެ. އެހެނީ، އިންޓަނެޓް ބޭނުން ކުރާ ޑިވައިސްތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިއުމާ ގުޅިގެން، ތިމާ އާއި އާއިލާ، އިންޓަނެޓް ބޭނުންކުރުމުގައި ސާމާލުވުމަކީ މުހިންމު ކަމެކެވެ. ސަބަބަކީ ކުރިއަށްވުރެ ވެސް ބޮޑަށް މިހާރު ކުޑަކުދިންނާއި ފުރާވަރު އުމުރުގެ ކުދިން ކިޔެވުމާއި މުނިފޫހި ފުލުވުމަށްވެސް އިންޓަނެޓްގެ އެކިއެކި ވަސީލަތްތައް ބޭނުން ކުރާތީއެވެ. ސައިބާ ބުލީން، ކުދިންނާއި ނުގުޅޭ މަންޒަރާއި އަޑު ހުންނަ ކަހަލަ ކޮންޓެންޓް، އޮންލައިންކޮށް ކުރާ ޖިންސީ ގޯނާ އަދި އައިޑެންޓިޓީ ތެފްޓް ފަދަ ކަންތައްތަކީ އިންޓަނެޓް ބޭނުންކުރުމުގައި ކުރިމަތިވެދާނެ ނޭދެވޭ ކަންތައްތަކެވެ. އެހެންކަމުން ކުދިންނަށް އޮންލައިން ސޭފްޓީ ނުވަތަ ރައްކާތެރިކަމާއި، ސްކްރީންޓައިމް އަށް ވަކި އުސޫލުތަކެއް ކަނޑައެޅުން ފަދަ ކަންތައްތަކީ މި ޒަމާނުގައި ދަރިންނަށް މައިންބަފައިން ކިޔައިދޭންވާނޭ މުހިންމު ކަންތައްތަކެވެ.

"ސޭފާ އިންޓަނެޓް ޑޭ"، ނުވަތަ ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރުމާ ގުޅޭ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގުން ވަނީ ކަސްޓަމަރުން އިންޓަނެޓް ބޭނުންކުރުމުގައި އަބަދުމެ ސަމާލުވެ ތިބުމަށް ހަނދާން ކޮށްދީފައެވެ. އިންޓަނެޓް ބޭނުން ކުރާ ޑިވައިސްތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިއުމާ ގުޅިގެން، ތިމާ އާއި އާއިލާ، އިންޓަނެޓް ބޭނުންކުރުމުގައި ސާމާލުވުމަކީ މުހިންމު ކަމެކެވެ.

ހަމަ އެފަދައިން، ކޮންމެ އުމުރެއްގެ މީހެއް ވިޔަސް، ބޭންކިން މައުލޫމާތު ފަދަ "ސެންސިޓިވް" މައުލޫމާތު ހިއްސާ ކުރުމުގައި އިތުރަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ. އެހެނީ ވިޔަފާރި ކުރުމަށާއި، ފައިސާގެ ގިނަ މުއާމަލާތްތައް ކުރުމަށް އިންޓަނެޓްގެ ބޭނުން އިތުރުވެފައިވުމުން ސައިބާ ތެފްޓް ފަދަ ނޭދެވޭ ކަންކަމަށް އިތުރަށް މަގުފަހިވެގެން ދާތީއެވެ. އެހެންކަމުން، ސައްހަ ނޫންހެން ހީވާ ފަދަ ވެބްސައިޓްތަކުގައި އަދި މީސް މީޑިއާގައި އެފަދަ މައުލޫމާތު ހިއްސާނުކުރުމަކީ އެދެވިގެންވާ ކަމެކެވެ.

އެއް ޕާސްވޯޑެއް ހުރިހާ އޮންލައިން އެކައުންޓްތަކުގައި ބޭނުންކުރުމަކީ ވަރަށް ގިނަ މީހުންގެ އާދައެކެވެ. ނަމަވެސް މިއީ ވަރަށްވެސް ނުރައްކާތެރި އާދައެކެވެ. ސަބަބަކީ ހެކަރަކަށް އެއް އަކައުންޓްގެ ޕާސްވޯޑް ދެނެގަނެވުނަސް އެމީހެއްގެ ހުރިހާ އެކައުންޓްތަކަށް ވަދެވުމުގެ ފުރުސަތު ލިބިގެންދާތީއެވެ. ހުރިހާ އެކައުންޓްތަކުގެ ޕާސްވޯޑް ހަނދާންކުރުމަކީ އުނދަގޫ ކަމެއް ކަމުގައި ވިޔަސް ކޮންމެ އެކައުންޓެއްގެ ޕާސްވޯޑްގައިވެސް ކުޑަ ތަފާތެއް ގެނެސް، "ސްޓްރޯންގް ޕާސްވޯޑެއް" ދެމެހެއްޓުމަކީ މުހިންމު ކަމެކެވެ.

މީގެ އިތުރުން، ބޭރުގައި އުޅޭ ވަގުތުތަކުގައި ޕަބްލިކް ވައިފައި ނެޓްވޯކްތައް ބޭނުންކުރުމަކީ އާންމު ކަމަކަށް ވެފައިވީހިނދު، މިފަދަ ނެޓްވޯކްތައް ބޭނުން ކުރުމުގައިވެސް ސަމާލުވެ، ބޭންކް މައުލޫމާތު ފަދަ ސެންސިޓިވް ޑޭޓާ ހިއްސާ ކުރުމުގައި އިތުރަށް ސަމާލުވާން ޖެހޭނެއެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދޭ އޮޕަރޭޓަރުންނާއެކު ދިރާގަކީ ވެސް ޖީއެސްއެމްއޭ އެލައެންސް އެގެއިންސްޓް ޗައިޑް ސެކްޝުއަލް އެބްޔޫސް ކޮންޓެންޓް ނުވަތަ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ކަހަލަ ކޮންޓެންޓް ދިރާގު ނެޓްވޯކްތަކުގައި ބްލޮކް ކުރަމުން އަންނަ ޒިންމާދާރު ނެޓްވޯކެކެވެ. ދިރާގުން އަބަދުވެސް އަންނަނީ އިންޓަނެޓް ރައްކާތެރި ގޮތުގައި ބޭނުންކުރުމަށް އެކި ގޮތްގޮތުން ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގުރާމްތައް ބާއްވަމުންނެވެ. އެގޮތުން ދިރާގާއި އާކް ގުޅިގެން ވަނީ ކުޑަކުދިންނަށް އޮންލައިން ސޭފްޓީ ޕްރޮމޯޓް ކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އަދި މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަންއާ ގުޅިގެން ޑިޖިޓަލް ސޭފްޓީ ޕްރޮމޯޓްކުރުމުގެ ހަރަކާތްކެއް ވަނީ ހިންގައިފައެވެ.