އައްޑޫ ސިޓީ ހިތަދޫން އިތުރު ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެ އަދަދު 19 އަށް އަރައިފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނީ ހިތަދޫ އިން ޕޮޒިޓިވް ވި މީހުންނާއި ކޮންޓެކްޓް ވި މީހުންގެ އަދަދު 100 އަށް އަރާފައިވާ ކަމަށާއި ބައްޔަށް 19 މީހަކު މިހާތަނަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
ހިތަދޫން ފުރަތަމަ ބަޔަކު ޕޮޒިޓިވް ވީ މިދިޔަ ހުކުރު ދުވަހުއެވެ. އެއީ ބަލީގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި ދެމީހުންނެވެ. ހިތަދޫން ފަހުން ޕޮޒިޓިވް ވީ އެ ދެމީހުންގެ ކޮންޓެކްޓުންގެ ތެރެއިން ބަލީގެ އަލާމާތް ހުރި ދެމީހުންނެވެ.
ހިތަދޫން 19 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އެއަތޮޅު ހުޅުދޫމީދޫއިން މިހާތަނަށް 25 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.
މުޅި އައްޑޫސިޓި އަށް އަރައިފޭބުން މަނާކޮށްފައިވާއިރު އައްޑޫގައި އެއް ގެއިން އަނެއް ގެއަށް ދިޔުމާއި މަގުމަތީގައި އުޅުން މަނާކޮށް ކާފިއު އިއުލާން ކުރަން އުޅޭ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު