ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހަލީލު ގ.އުތުރުގެ ފަލަސްތީނުގެ ނޮން ރެޒިޑެންޓް ސަފީރުކަމަށް އައްޔަން ކުރުމަށާއި، އިތުރު ހަތް ބޭފުޅަކު އެކި ގައުމުތަކުގެ ރެޒިޑެންޓް ސަފީރުކަމަށް އައްޔަން ކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވައިފިއެވެ.

އެގޮތުން ޖަރުމަނުވިލާތަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަހުމަދު ލަތީފު ހ. ސީވީޑް، ޔުކްރެއިންގެ ނޮން ރެޒިޑެންޓް ސަފީރުކަމަށް އައްޔަން ކުރުމަށާއި، އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު ހުސެއިން ނިޔާޒު ހ.ނިޔާފާ، އާޖަރު ބައިޖާނަށް ކަނޑައެޅުއްވުމަށާއި، ލަންކާގައި ހުންނަވާ، އުމަރު އަބްދުއްރައްޒާގު، ހ.ހިކިފިނިފެންމާގެ، އޮސްޓްރޭލިޔާ އާއި ސައުތު އެފްރިކާއަށް ކަޑައެޅުމަށް ވަނީ ފޮނުއްވައިފައެވެ.

މީގެ އިތުރުން ތައިލެންޑަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ޖިނާހު، މއ ތިބުރޯޒު، ކެމްބޯޑިއާ އާއި ވިއެޓްނާމާއި އަދި ލާއޯ އަށް ކަނޑައެޅުމަށާއި، އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ކަނޑައަޅުއްވާފައި، ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ.އާޒިފް އަހުމަދު، ގ.ފަރުކޮޅު، އިޓަލީ އާއި ތުރުކީ އާއި އޮސްޓްރޭލިއާ އަށް ކަނޑައެޅުމަށާއި، ޔޫއޭއީއަށް ކަނޑައަޅާފައި ހުންނަވާ އައިމިނަތު ޝަބީނާ، ހ.މިސްޓީ ލޮޖް، އިޖިޕްޓަށް މިސްރަށް ކަނޑައެޅުމަށާއި، ސިންގަޕޫގައި ހުންނަވާ އިބްރާހިމް ޝަހީމް، ހ. ޖެހޭވައި، ނިއުޒިލެންޑްގެ ނޮން ރެޒިޑެންޓް ސަފީރުކަމަށް އައްޔަން ކުރަން ވަނީ ފޮނުވައިފައެވެ.

މިބޭފުޅުންނަށް މަޖިލީހުގެ ރުހުން ހޯއްދަވައިދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅު ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއަަށް އިއްވެވުމުން، އެނަންފުޅުތައް އިތުރަށް ދިރާސާ ކުރުމަށް، މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް، މަޖިލިސް ރައީސް ފޮނުއްވިއެވެ.