ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޗީފް އެގްޒެކްޓިވްގެ މަގާމަށް، ޔަޒީދު އަހްމަދު މިއަދު އައްޔަނުކުރައްވައިފި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން ޔަޒީދު މި މަގާމަށް އައްޔަނުކުރުމާ ގުޅިގެން އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވަނީ މިއަދު ޔަޒީދާ ބައްދަލުކުރައްވައި ތަހުނިޔާ ވިދާޅުވެ ހިތްވަރު ދެއްވައިފަ އެވެ. އަދި ދާއިރާގެ ރެގިއުލޭޓަރީ މަސައްކަތްތައް ޔަޒީދުގެ ބެއްލެވުމުގެ ދަށުން ހަރުދަނާކޮށް ތަރައްގީކޮށް ދެއްވުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.
ޔަޒީދަކީ ސަރުކާރުގެ އެކި މަގާމުތަކުގައި 17 އަހަރު ހިދުމަތް ކުރައްވައި އޭގެ ތެރެއިން 12 އަހަރު ހިންގުމުގެ ދާއިރާގެ ސީނިއާ މަގާމުތަކުގައި އުޅުއްވައި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ޔަޒީދު އެންމެ ފަހުން އަދާކުރައްވާފައިވަނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރު ކަމުގެ މަގާމެވެ. އޭގެ ކުރިން އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރުގެ މަގާމު ހިމެނެ އެވެ.
ޔަޒީދު ކިޔަވައި ވިދާޅުވެފައިވަނީ ތިމާވެށީގެ ދާއިރާއިންނާއި ފެނާއި ނަރުދަމާގެ ސިވިލް އިންޖިއަރިން ދާއިރާއިންނެވެ. ޔަޒީދު ވަނީ މިދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައިފަ އެވެ.
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު ބުނާގޮތުން އެ އޮތޯރިޓީ ދުވަހުން ދުވަހަށް ހިންގުމުގެ އެންމެ އިސް ވެރިޔަކީ އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް އެވެ.
ޚަބަރު
ޚަބަރު
ޚަބަރު