ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ބައްޕާފުޅު އަވަހާރަވެއްޖެ އެވެ.

ރައީސް ވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ބައްޕާފުޅު، ހަސަން އިބްރާހިމް މަނިކު (ހަނދުވަރީ ހަސަން މަނިކު) މިއަދު ހެނދުނުގެ ވަގުތެއްގައި އަވަހާރަވެފައިވާ ކަމަށެވެ. އަދި މިއީ ގުދުރަތީ މަރެއް ކަމަށްވެސް ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ އަރިހުގައި 50 ވަރަކަށް އަހަރު ދައުލަތަށް ހިދުމަތް ކުރައްވާފައިވާ ހަސަން މަނިކު އަވަހާރަވިއިރު އުމުރުފުޅަކީ 92 އަހަރެވެ.