މިހާރު ނުނިމި ހުރި ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް މި އަހަރު ތެރޭ ފެށިގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ ފެނާއި ނަރުދަމާ ނިޒާމަކީ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހައްގެއް ނަމަވެސް ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގެ 70 ޕަސެންޓަށް ވުރެ ގިނަ ރަށުގައި ފެނާއި ނަރުދަމާ ނިޒާމެއް ނެތް ކަމަށެވެ.
ނަމަވެސް މިދިޔަ ދެ އަހަރުގެ ތެރޭގައި ވަރަށް ގިނަ ރަށްރަށުގައި އެ މަޝްރޫއުތައް ފަށާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިހާތަނަށް ނުފެށި ހުރި ރަށްރަށުގެ ތެރެއިން 20 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގެ މަސައްކަތް މިމަސް ނިމުމުގެ ކުރިން އެކި ފަރާތްތަކާ ހަވާލުކުރެވޭނެ ކަމަށެވެ. އަދި އެ 20 ރަށުގެ މަސައްކަތް ވެސް މިއަހަރު ނިމުމުގެ ކުރިން ބަޔަކާ ހަވާލު ކުރެވޭނެ ކަމަށާއި އޭރުން މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅވުި އެވެ.
މިއަހަރު ފާސްކުރި ބަޖެޓުގައި 104 ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއު ހިންގުމަށް 631 މިލިއަން ރުފިޔާ އަދި 53 ރަށެއްގައި ގޮނޑުދޮށް ހިމާޔަތްކުރުމަށް 110 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު