މާލޭގެ ގެސްޓްހައުސްއަކަށް އަންހެނަކާ ބައްދަލުކުރަން ދިޔަ މީހަކު ބަރަހަނާކޮށް، ބިރު ދެއްކުމަށް ފަހު ފޭރިގެންފިއެވެ.
ފުލުހުން ބުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ވަގުތެއްގައި ޖަވާހިރު ގޯޅީގައި ހުރި ގެސްޓް ހައުސްއަކަށް އަންހެނަކާ ބައްދަލުކުރުމަށް ދިޔަ މީހެއްގެ ފޯނާއި ވޮލެޓްގައި ހުރި ފައިސާތަކެއް، އެ އަންހެން މީހާއާއި އިތުރު ދެ މީހަކުވެގެން ފޭރިގަތުމަށްފަހު އެމީހާ ބަރަހަނާކޮށް، ފޮޓޯ އާއި ވީޑިއޯ ނަގާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެތަކެތި ބޭނުންކޮށްގެން އިތުރަށް ފައިސާ ހޯދުމަށް ބިރުދައްކައި ބްލެކްމެއިލްކޮށް އޭނާގެ އެކައުންޓުން ފައިސާ ޓްރާންފާވެސް ކުރުވާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން 27 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ އަންހެނަކާއި 33 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު