މޯލްޑިވް ގޭސްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމްގެ މައްސަލައެއް ބަލަން ފަށައިފިއެވެ.
އިކްރާމްގެ މައްސަލައެއް ބަލަމުންދާކަން "ވަން"އަށް ވަނީ ކަށަވަރުވެފައެވެ.
އިކްރާމްއާ ގުޅޭގޮތުން ބަލަނީ ކޮން މައްސަލައެއް ކަމެއް ނޭނގެއެވެ. އެ މައްސަލަ ބަލަމުންދިޔަ ނަމަވެސް، އޭނާއާ މެދު އަދި އެއްވެސް ފިޔަވަޅެއް އަޅައިފައެއް ނުވެއެވެ.
އިކްރާމް ފުރަތަމަ ހުންނެވީ މޯލްޑިވް ގޭސްގެ ޑިޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައެވެ. އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިކްރާމް ހަމަޖެއްސީ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި ޝަޒައިލް ޝިޔާމް ސަސްޕެންޑުކުރުމުންނެވެ.
ޝަޒައިލް ސަސްޕެންޑުކުރީ އޭނާއާ ދެކޮޅަށް ރައީސް އޮފީހަށް މީހަކު ހުށަހެޅި ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު