ވ. ކުނާވަށި ބޭރުން ކަފު ޖަހައިގެން ގެންދިޔަ ބާޖެއްގެ ވާ ކަނޑައިގެން ގޮސް ގެއްލިފައިވާތީ ބާޖު ހޯދުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ ކ. ތިލަފުށިން ފުރައިގެން ވ. ކުނާވައްޓަށް ކަފު ޖަހައިގެން ދަތުރު ކުރަމުންދިޔަ 120 ފޫޓުގެ ބާޖެއްގެ ވާ ކަނޑައިގެން ގޮސް ގެއްލިފައިވާ ކަމަށެވެ.
ބާޖު ގެއްލިފައި ވަނީ ކުނާވަށީގެ ފަސް ނޯޓިކަލް މޭލު ބޭރުން ކަމަށާއި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިރޭ 10:30 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ބާޖު ހޯދުމަށް ކޯސްޓްގާޑުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފުން ވަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން އެކަމަށް ސަމާލުވާން އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު