ކްލަބު އީގަލްސްގެ ކޯޗުކަމާ ރާއްޖޭގެ ފުރަތަމަ އޭއެފްސީ ޕްރޯ ލައިސަންސް ކޯޗު، މުހައްމަދު ޝާޒްލީ (ޝާޒް) ހަވާލުވެއްޖެއެވެ.
ޝާޒް މި ސީޒަން ފެށީ ޓީސީ ސްޕޯޓްސް ކްލަބާ އެކުގައެވެ. ޓީސީއަށް އުނދަގޫ ހާލަތެއްގައި މިދިޔަ ސީޒަން ތެރެއިން ޝާޒް ކްލަބާ ހަވާލު ވެ، އޭނާ ވަނީ ރަނގަޅު ނަތީޖާތަކެއްވެސް ނެރެފައެވެ. އެހެން ނަމަވެސް މި ސީޒަންގެ ފުރަތަމަ ބުރަށްފަހު ޝާޒް ޓީސީން ވަކިވީ ޑިވެލޮޕްމަންޓް ޕްލޭންތަކާ އެއްގޮތަށް ކްލަބުގެ ކަންކަން ނުހިނގާތީ ކަމަށް ޓީސީން ބުނެފައިވެއެވެ.
ޝާޒް އީގަލްސްއާ ހަވާލުވިއިރު، އީގަލްސްއިން ސީޒަން ފެށީ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)އާ އެކުގައެވެ. ދަށް ނަތީޖާތަކަކާއެކު ޕްރެޝަރު ބޮޑުވެ، މޯހަން އީގަލްސްއިން ދުރަށް ޖެހިލައި، މިހާރު ހުރީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ހަވާލުވެގެންނެވެ.
ކުރިން ބީޖީ ސްޕޯޓްސް ކްލަބަށް ކޯޗުކޮށްދިން ޝާޒް ވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމާ އެކު ވެސް ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ. ޝާޒް ވަނީ އެ ޓީމާ އެކު 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ލޯ މެޑަލް ހޯދައިފަ އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު