އެމެރިކާގެ އާންމު ދަތުރުފަތުރު ބޭނުންކުރާ މީހުން މާސްކު އެޅުން މަޖުބޫރުކޮށްފިއެވެ.

އެމެރިކާގެ ސެންޓަ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ވަނީ އެގައުމުގެ އާންމު ދަތުރުފަތުރުގައި ބޭނުންކުރާ ބަހާއި ޓެކްސީ އަދި ފްލައިޓްތަކުގެ އިތުރުން ރޭލު ދަތުރުފަތުރާއި ސަބްވޭތަކުގައި ވެސް މާސްކު އެޅުން މަޖުބޫރުކޮށްފަ އެވެ. މާސްކު އެޅުން މަޖުބޫރުވާނީ މާދަމާ ފެށިގެން ކަމަށް ވެސް އެސެންޓަރުން ބުނެ އެވެ.

ސީޑީސީން ވަނީ މާސްކު އެޅުމުގެ ގަވާއިދާއި ހިލާފުވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ދީފަ އެވެ.

މުޅި ދުނިޔެއިން ވެސް ކޮވިޑުގެ ހާލަތު އެންމެ ގޯސްވެފައިވާ އެމެރިކާ އިން މިހާތަނަށް 26 މިލިއަން މީހުންނަށް ކޮވިޑު ޖެހިފައިވާއިރު އެބަލީގައި އެގައުމުން ހަތަރު ލައްކަ މީހުން ވަނީ މަރުވެފަ އެވެ.