ޕޮޒިޓިވް ކޭސްތަކެއް ފެނި މޮނީޓަރުންގެ ހާލަތުގައި އޮތް މ. ކޮޅުފުއްޓަށް ކެއާ ޕެކޭޖު ފޮނުވުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީން ފަށައިފިއެވެ.
ކޮޅުފުށީ ކްލަސްޓާއާ ގުޅިގެން މިހާތަނަށް ޖުމްލަ 22 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
ޖެންޑާ މިނިސްޓްރީން ބުނީ، ކޮޅުފުށި މޮނީޓަރިންގެ ހާލަތަށް ގެނައުމާ ގުޅިގެން އެރަށުގައި ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މައުލޫމާތު އެއްކޮށް އެ ފަރާތްތަކަށް ގުޅައި ހާލު ބަލައި، ކެއާ ޕެކޭޖު ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ކޮޅުފުށިން މާލެ އައި މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އެރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފައެވެ. އަދި އެ ކޭސްއާ ގުޅިގެން ނެގި ސާމްޕަލްތަކުން މިދިޔަ އަންގާރަ ދުވަހު އެރަށުން ވަނީ އިތުރު ނުވަ މީހަކު ޕޮޒިޓިވްވެފައެވެ. އަދި އިއްޔެ ވަނީ 12 މީހަކު ޕޮޒިޓިވްވެފައެވެ.
ކޮޅުފުށިން 22 މީހަކު ޕޮޒިޓިވްވެފައިވާ އިރު، އެރަށުގައި ބަލި ފެތުރެން ދިމާވި ސަބަބު އަދިވެސް ހޯދިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު