އެފްރިކާއިން ފެނުނު ކޮވިޑުގެ އާ ވޭރިއަންޓް އެމެރިކާ އިން ފެނިއްޖެއެވެ.

އެމެރިކާގެ ކެރޮލީނާއިން އާ ވޭރިއަންޓުގެ ދެ ކޭސް ފެނިފައިވާ ކަމަށް އެ ސިޓީގެ ސިއްހީ އޮފިޝަލުން ބުނެ އެވެ. މިއީ އެފްރިކާއިން ފެނިފައިވާ ކޮވިޑުގެ އާ ވޭރިއަންޓް އެމެރިކާއިން ފެނުނު ފުރަތަމަ ފަހަރެވެ.

ކެރޮލީނާގެ ސިއްހީ އޮފިޝަލުން ބުނީ، އާ ވޭރިއަންޓް ފެނުނު ދެ ކޭސް ވެސް އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެ ދެ މީހުން ފަހުގެ ތާރީހެއްގައި ބޭރު ގައުމަކަށް ދަތުރު ކޮށްފައި ނުވާ ކަމަށެވެ.

ޔޫކޭގެ އިތުރުން އެފްރިކާ އިން ފެނިފައިވާ ކޮވިޑުގެ އާވޭރިއަންޓް ނުރައްކާ ނޫން ކަމަށް ޑަބްލިޔުއެޗްއޯ އިން ވަނީ ބުނެފަ އެވެ. ނަމަވެސް އާ ވޭރިއަންޓުގެ ސަބަބުން ކުރިއަށްވުރެން ހަލުވިކަމާއެކު ބަލި ފެތުރޭ ކަމަށް ފާހަގަވެފައިވެ އެވެ.

އެމެރިކާއިން މީގެ ކުރިން ވަނީ ޔޫކޭ އިން ފެނުނު ވޭރިއަންޓް ވެސް ފެނިފަ އެވެ. އެގައުމުގެ ކޭސްތައް ކޮންޓްރޯލް ނުވެ ފެތުރެމުންދާއިރު އެގައުމުން ވަނީ ބަލިން އަރައިގަތުމަށް ވެކްސިން ވެސް ދޭން ފަށައިފަ އެވެ.