ރާއްޖޭން ބޭރުން އަންނަ ސަބްމެރީންތަކާއި ޔޮޓްތަކާއި ކުރޫޒްތަކާއި، މިފަދަ އުޅަނދުތަކުގައި ފަތުރުވެރިކަމުގެ ބޭނުމުގަައި ރާއްޖެއަށް ޒިޔާރަތް ކުރާ ފަރާތްތަކުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ގަވައިދާ ހިލާފަށް ވަންނަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.
އީޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގާނޫނޫގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ގަވައިދާ ހިލާފަށް ވަންނަމުންދާތީ އެ ސަރަހައްދުގެ ވެއްޓާއި ދިރުންތަކަށް ގެއްލުން ލިބޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެ ސަރަހައްދުތައް ހިމާޔަތްކޮށްފައިވަނީ އެ ސަރަހައްދުތަކުގެ ދިރުންތަކާއި މާހައުލު ރައްކާތެރިކޮށް ދެމެހެއްޓުމަށާއި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށްވެސް އީޕީއޭއިން ބުންޏެވެ.
އީޕީއޭއިން ބުނީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ވަދެ ނުކުމެ އުޅުމާއި ބޭނުންކުރުމުގެ ވަކި މިންގަނޑުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.
އެހެންކަމުން، އެ ސަރަހައްދުތަކަށް ވަނުމުގެ ކުރިން ނަގަން ޖެހޭ ހުއްދަތައް ހޯދުމަށާއި މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތީން އަމަލު ކުރުމަށް ލޯކަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންނާއި އެ ސަރަހައްދުތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް އީޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު