އާސެނަލްގެ ކެޕްޓަން ޕިއޭ އެމްރިކް އަބަމަޔާންއަށް އެންމެފަހުން ކުޅުނު ދެ މެޗު ގެއްލުނީ މަންމަގެ ބަލި ހާލު ހުރިގޮތުން ކަމަށް އޭނާ ބުނެފިއެވެ.
އަބަމަޔާންގެ ބުނެފައި ވަނީ މަންމަގެ ހާލަތު ހުރިގޮތުން އޭނާއަށް ދެ މެޗު ގެއްލުނު ނަމަވެސް، ކުރިއަށް އޮތް މެޗުގައި ޓީމާ ބައިވެރިވާނެ ކަމަށެވެ. އަދި މަންމަގެ ހާލަތާ ހުރެ މެޗުތައް ގެއްލުނުއިރު، އާސެނަލްއިން ދިން އެއްބާރުލުން އަބަމަޔާން ވަނީ ފާހަގަ ކޮށްފައެވެ. ޚާއްސަކޮށް ރޭގެ މެޗުން ހޯދި މޮޅާއި، ރޭގެ މެޗުގައި ޖެހި ގޯލްތައް އަބަޔަމާންއަށް އާސެނަލްގެ ކޯޗާއި ކުޅުންތެރިން ހާއްސަކުރި ކުރުން އަބަމަޔާން ވަނީ ފާހަގަ ކޮށްފައެވެ.
"ޓީމުގެ ކުޅުންތެރިން ގުޅައި، ކުރި މެސެޖުތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުންވޭ. އަހަރެންގެ މަންމަގެ ސިއްހީ ހާލަތު ހުރިގޮތުން ކޮންމެހެނެއް ހަދާފައިވެސް މަންމަ ކައިރީގައި ހުންނަން ޖެހުނު. މަންމަގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން. މިރޭ އަހަރެން އާސެނަލްއަށް ދާނަން. މަންމަގެ ހާލަތު ރަނގަޅު ކުރުމަށް އެހީތެރިވި ނަރުހުންނާއި ޑޮކްޓަރުންނަށް ޝުކުރު އަދާކުރަން. ހާއްސަކޮށް އާސެނަލްގެ އާއިލާ،" އަބަމަޔާން ބުނެފައިވެއެވެ.
އާސެނަލްއިން ދަށްކޮށް ސީޒަން ފެށި ނަމަވެސް އެޓީމު މިހާރު ކުޅެމުން އަންނަނީ ރަނގަޅު ފޯމެއްގައެވެ. ސީޒަންގެ 14 ވަނައިގައި އޮތުމަށްފަހު މިހާރު އާސެނަލްއިން ގަދަ 10 އެއްގެ ތެރެއަށް ވަދެފައިވާއިރު، 20 މެޗުން 30 ޕޮއިންޓާއެކު އާސެނަލް އޮތީ ނުވަ ވަނައިގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު