ހަތަރު މީހުންނާއެކު ސ. ހިތަދޫ ނެރު މައްޗަށް ދޯންޏެއް އުރިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ، ފަރުމަސްވެރިކަން ކުރާ "ކޯމަސް" ނަމަކަށް ކިޔާ ދޯންޏެއް ހިތަދޫ ނެރު މައްޗަށް އުރުމާއި ގުޅިގެން އެ ދޯނި ފުންކޮށްދިނުމަށް އެމްއެންޑީއެފް ސަދާން އޭރިއާ ކޯސްޓް ގާޑު ސްކޮޑްރަންގެ ޑައިވަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މިއަދު ހެނދުނު 9:35 ހާއިރު ރިޕޯޓްކުރި އެ ހާދިސާގައި އުރުނު ދޯނީގައި ތިބީ ހަތަރު މީހުންނެވެ. އެއީ ތިން ދިވެހިންނާއި ފަތުރުވެރިއެކެވެ.
އެމްއެންޑީއެފުން ބުނީ، ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި ދޯނީގައި ހުރި ފަތުރުވެރިޔާ ކައިރި ރިސޯޓަކަށް ގެންގޮސްފައިވާ ކަމަށެވެ.