ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑިރެކްޓަރުންގެ ބޯޑަށް އާ ޑިރެކްޓަރަކު އައްޔަންކޮށްފި އެވެ.
އެމްއޭސީއެލްގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، އެ ކުންފުނީގެ ބޯޑު ޑިރެކްޓަރުގެ މަގާމަށް މިދިޔަ އާދީއްތަ ދުވަހު އައްޔަން ކުރީ އައިޝަތު އާޝާ ކަމަށެވެ.
އާޝާއަކީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ކުއީންސްލެންޑުން އިންޓަނޭޝަނަލް އިކޮނޮމިކްސް އެންޑް ފައިނޭންސުން މާސްޓާސް ޑިގްރީ އަދި އޮސްޓްރޭލިއާގެ ޗާލްސް ސްޓުއާޓް ޔުނިވާސިޓީން ބެޗްލާސް އޮފް ބިޒްސް (ބޭންކިން އެންޑް ފައިނޭންސް) އިން ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.
އޭނާ ކުރިން ވަނީ ބޭންކު އޮފް މޯލްޑިވްސް ރިސްކު އެންޑް އިންޖިނިއަރިންގެ އިސްވެރިޔާގެ މަގާމާއި އޮސްޓްރޭލިއާގެ ވެސްޕެކް ބޭންކިން ކޯޕަރޭޝަންގެ ރިލޭޝަންޝިޕް މެނޭޖަރުގެ މަގާމު އަދާ ކުރައްވައިފަ އެވެ. އަދި މޯލްޑިވްސް ބޯޓް ކުލަބްގެ ބިޒްނަސް ޑިރެކްޓަރެއްގެ މަގާމު ވެސް އާޝާ އަދާކުރައްވާފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު އެމްއޭސީއެލްގެ ދެ ޑިރެކްޓަރުންގެ މަގާމު އަދިވެސް އޮތީ ހުސްކޮށެވެ.
- - ޗެއާމަން: މުހައްމަދު އުމަރު މަނިކު
- - މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ: ގޯޑަން އެންޑްރޫ ސްޓުއާޓް
- - ޑިރެކްޓަރު: ޑރ. އިބްރާހިމް މަހްފޫޒު
- - ޑިރެކްޓަރު: އައިޝަތު އާޝާ
- - ޑިރެކްޓަރު: އިބްރާހިމް ނޫރުދީން
- - ޑިރެކްޓަރު: ނެތް
- - ޑިރެކްޓަރު: ނެތް
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު