ޔޫކޭގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ލައްކައަކަށް އަރައިފިއެވެ.
ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ކޮވިޑްގެ ހާލަތު އެންމެ ގޯސްވެފައިވާ ގައުމަކަށް އިނގިރޭސިވިލާތް ވެފައި ވާއިރު އެ ގައުމުގައި ކޮވިޑް ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 100،162 އަށް އަރާފައެވެ.
ކޮވިޑްގެ އާ ވޭރިއަންޓް ފެނި ހަލުވިކަމާއެކު ބަލި ފެތުރެން ފެށުމާއެކު އެގައުމުގެ ސިއްހީ ނިޒާމަށް ނުތަކާ ވަރުވެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ވެސް ގިނަ ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.
ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެކަނިވެސް އެގައުމުން 20،089 ކޭސް ފެނިފައިވާއިރު ބަލިޖެހި ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ޔޫކޭގެ ބޮޑު ސަރަހައްދެއް ވަނީ ލޮކްޑައުން ވެސް ކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ