ބޮލީވުޑް އަދި ހޮލީވުޑްގައިވެސް މަގުބޫލުކަން ހޯދައިފައި ސުޕާ ސްޓާ ޕްރިޔަންކާ ޗޯޕްރާ (ޕީސީ)ގެ އާ ފިލްމުގެ މަސައްކަތް ފަށައިފިއެވެ.
ޑިޖިޓަލް ޕްލެޓްފޯމުތަކުގައި ދާދި ފަހުން ރާޖްކުމާރު ރާއޯއާއެކު މަސައްކަތް ކުރި ފިލްމު ވައިޓްޓައިގާ ރިލީސްކުރުމަށްފަހު މިފަހަރު ޕީސީގެ ފިލްމަކީ ހޮލީވުޑްގެ ފިލްމެކެވެ.
[null](https://www.instagram.com/p/CKdqu2nDa70/?utm_source=ig_web_copy_link)
އިންސްޓަގްރާމުގައި ޕީސީ ހިއްސާކުރި ޕޯސްޓުގައިވަނީ އާދުވަހެއްގައި އާ މަސައްކަތެއް ފަށާ ވާހަކަ ބުނެފައެވެ. ފިލްމަކީ އެވެންޖާސް އެންޑްގޭމް އުފެއްދި ރޫސޯ ބްރަދާސް އުފައްދާ ފިލްމެކެވެ. ފިލްމުގައި އެކްޓަރެއްގެ ގޮތުގައި ޕީސީއާއެކު ފެނިގެންދާނީ ރިޗާޑް މެޑަންއެވެ. އޭނާއަކީ ގޭމް އޮފް ތްރޯންސްގެ ފުރަތަމަ ތިން ސީޒަންގައި ފެނިގެންގޮސްފައިވާ މަގުބޫލު ބަތަލެކެވެ.
މި ފިލްމުގެ އިތުރުން ޕީސީ ވަނީ ކިއާނޫ ރީވްސްއާއެކު މެޓްރިކްސްގެ ހަތަރުވަނަ ބައި ކުޅުމުގެ ފުރުސަތުވެސް ލިބިފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް