އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސްގެ މަގާމަށް އެ ކޮމިޝަނުގެ މެމްބަރު އިސްމާއީލް ހަބީބު އައްޔަން ކުރައްވައިފި އެވެ.
"ވަން" އަށް އެކަން ކަށަވަރު ކުރެވިފައިވީ ނަމަވެސް، އެކަން އީސީއަކުން އަދި ނުބުނެ އެވެ.
އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް ހަބީބު އައްޔަން ކޮށްފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު އަކުރަމް އިސްތިއުފާ ދެއްވުމުންނެވެ.
އީސީގެ ނައިބު ރައީސްގެ މަގާމުން އަކުރަމް އިސްތިއުފާ ދެއްވީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ. ގާނޫނު ބުނާގޮތުން ނަމަ 60 ދުވަހުގެ ތެރޭގައި އީސީ އަށް ނައިބު ރައީސަކު އައްޔަން ކުރަންޖެހެ އެވެ.
އީސީގެ ރައީސް އަހުމަދު ޝަރީފް މީގެ ކުރިން "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އީސީގެ ނައިބު ރައީސަކު އައްޔަން ކުރާނީ އެ ކޮމިޝަނަށް ފަސް މެންބަރުން ހަމަވުމުން ކަމަށެވެ. އެހެން ނަމަވެސް އަދި މިހާތަނަށް އެ ކޮމިޝަނަށް ފަސް ވަނަ މެންބަރަކު އައްޔަން ކޮށްފައެއް ނުވެ އެވެ.
އީސީގެ އޮފިޝަލަކު މިއަދު "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހަބީބު ނައިބު ރައީސް ކަމަށް އައްޔަން ކުރުމަށް ނިންމެވީ އެކޮމިޝަނުގެ މިހާރު ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ކަމަށެވެ.
ހަބީބު އެ ކޮމިޝަނުގެ މަސައްކަތުގައި އުޅުއްވާތާ 18 އަހަރު ވެފައިވާއިރު އެ ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ހުންނަވާތާ މިހާރު ހަތް އަހަރުވެއްޖެ އެވެ. އޭނާ އަކީ ތާރީހާއި ދިވެހި ބަހުގެ ދާއިރާއިން ފުރަތަމަ ޑިގްރީ އަދި މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ. އަދި ޝަރީއާއިން ލޯ އިން ފަސްޓް ޑިގްރީވެސް ހާސިލްކޮށްފައިވާ ބޭފުޅެކެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު