ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޗީފް އިންޓާނަލް އޮޑިޓަރު (ސީއައިއޭ)ގެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރަން ނިންމައިފި އެވެ.
އެސްޓީއޯ އިން މިއަދު ބުނިގޮތުގައި ސީއައިއޭގެ މަގާމަަށް އައްޔަން ކުރަން ނިންމާފައިވަނީ ސ. ހިތަދޫ/ އޭނާޒް، ހައްވާ ނާފިއާ އެވެ. އޭނާ މަގާމަށް އައްޔަނު ކުރާނީ އަންނަ ފެބްރުއަރީ މަހުގެ އެކަކުން ފެށިގެން ކަމަށް ވެސް ބުންޏެވެ.
ސީއައިއޭގެ މަގާމަށް އާ ބޭފުޅަކު ހަމަޖައްސަން ނިންމާފައިވަނީ އެ މަގާމުގައި ހުންނެވި ޑރ. އިބްރާހިމް މަހްފޫޒު އެ ކުންފުނިން ވަކިވެވަޑައިގަންނާތީ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު