އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، (އެމްއެމްއޭ)ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ މ. އާސްތާނާ، އިބްރާހިމް އާތިފް ޝަކޫރު ގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މިއަދު ބާއްވަން ތާވަލު ކޮށްފިއެވެ.
އެ މައްސަލައިގައި އާތިފް ޝަކޫރުުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމްއަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުވުމުގެ ދައުވާއެވެ.
އޭނާގެ މައްޗަށް އެ ދައުވާ އުފުލީ އޭނާ އެފްއައިޔޫގެ އިސްވެރިޔާގެ މަަގާމުގައި ހުންނެވި އިރު، އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑަރިންއަށް ޝައްކު ކުރެވޭ މުއާމަލާތެއް ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ނުގެނައި ކަމަށް ބުނެ އެވެ. އާތިފް އެފްއައިޔޫގެ އިސްވެރިޔާގެ މަގާމު އަދާ ކުރެއްވީ 4 ނޮވެމްބަރު 2014 އިން ފެށިގެން 21 ޖޫން 2015ގެ ނިޔަލަށެވެ.
މި މައްސަލައިގެ މިއަދުގެ އަޑުއެހުން ކުރިމިނަލް ކޯޓުގައި ތާވަލު ކޮށްފައި ވަނީ 1:30 އަށެވެ.
އާތިފް ގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ތާވަލު ކޮށްފައި މިވަނީ، ޕްްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު އިއުތިރާފު އެއްބަސްވުމަކަށް އައުމަށް އާތިފް ހުށަހަޅުއްވާފައިވާ ކަމަށް އެ އޮފީހުން ބުނެފައި ވަނިކޮށެވެ.
އާތިފްގެ މައްސަލައިގެ އިބްތިދާއީ މަރުހަލާގެ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުގައި ބާއްވާފައި ވަނީ 22 ސެޕްޓެމްބަރު 2020 ގައެވެ.
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް