ކޮވިޑް ވެކްސިން ފޯރުކޮށްދިނުމުގެ އެއްވެސް ޕްލޭނެއް ޓްރަމްޕްގެ ސަރުކާރުގައި ނެތް ކަމަށް ވައިޓް ހައުސް އިން ބުނެފިއެވެ.
އެމެރިކާގެ އާ ސަރުކާރު ވެރިކަމާ ހަވާލުވެ މަސައްކަތްތައް ފަށާފައިވާއިރު، ބައިޑަންގެ ޗީފްއޮފް ސްޓާފް ރޮން ކްލެއިން ވިދާޅުވީ ކުރީ ސަރުކާރުގައި އެގައުމުގައި ވެކްސިން ދިނުމަށް ބޭނުންވާ އެއްވެސް ޕްލޭނެއް ހަދާފައި ނެތް ކަމަށާއި ވެކްސިން ފޯރުކޮށްދޭން ޖެހޭ މުހިންމު ސަރަހައްދުތަކެއްވެސް ހޯދިފައި ނެތް ކަމަށެވެ.
ބައިޑެން ވަނީ ކޮވިޑުން ގައުމު ސަލާމަތް ކުރައްވައި އާންމު ހާލަތަކަށް ގައުމު ގެންނަވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
އެމެރިކާއިން މިހާތަނަށް ހަތަރު ލައްކައަށްވުރެ ގިނަ މީހުން ބަލި ޖެހިގެން މަރުވެފައިވާއިރު ޓްރަމްޕްގެ ޒައާމަތުގައި ބަލިން އަރައިގަތުމަށް އެގައުމުން އެހާ މުހިންމު އަހަންމިއްޔަތުކަމެއް ދީފައި ނުވެއެވެ.
ވެރިކަމާ ހަވާލުވެވަޑައިގެން ބައިޑަންގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާނެ ކަންކަމުގެ ތެރޭގައި އެމެރިކާއިން ކޮވިޑް ނައްތައިލުމަށް ވެކްސިން ދިނުމުގެ ހަރަކާތްތައް އަވަސްކުރުމަށް ހާއްސަ ގަރާރެއް ފާސްކޮށްފައެވެ. އަދި މީގެ އިތުރުން އެގައުމުގެ ހުރިހާ ރައްޔިތުން އާންމު ތަންތަނުގައި މާސްކު އަޅައިގެން އުޅުމަށް ވަނީ ގަވައިދެއް އެކުލަވާލައްވައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ