ޔޫކޭ އިން ފެނުނު ވޭރިއަންޓްގެ ނުރައްކާ ބޮޑުވެ، އެގައުމުގެ ހާލަތު އިތުރަށް ގޯސްވާން ފަށައިފިއެވެ.
ކޮވިޑްގެ ހާލަތާ ގުޅޭގޮތުން އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވަނީ އެގައުމުން ފެނިފައިވާ ކޮވިޑްގެ އާ ވޭރިއަންޓްގެ ނުރައްކާ އަންދާޒާ ކުރިވަރަށްވުރެ ގޯސް ކަމަށް ވިދާޅުވެފައެވެ.
ބޮޑުވަޒީރު ވިދާޅުވީ ޔޫކޭގެ ކޮވިޑް އަދަދުތައްވެސް އެތައް ގުނައެއް އިތުރުވެ މަރުވާ މީހުންގެ އަދަދުވެސް ކުރިން ލަފާކުރި ވަރަށްވުރެ އިތުރުވެފައިވާކަމަށެވެ.
މިހާތަނަށް ހަދާފައިވާ ދިރާސާތަކުން ދައްކާގޮތުން ޔޫކޭ އިން ފެނިފައިވާ ވޭރިއަންޓް އިތުރަށް ފެތުރެން ފަށާފައިވާ ނިސްބަތް ބޮޑުތަނުން އަވަހެވެ.
ޔޫކޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވާއިރު އެގައުމުން ފެނިފައިވާ އާ ވޭރިއަންޓާ ދެކޮޅަށް ވެސް ވެކްސިން މަސައްކަތް ކުރާނެކަމަށް އެގައުމުގެ ސިއްހީ އޮފިޝަލުން ވަނީ ބުނެފައެވެ.
ޔޫކޭ އިން ވަނީ ފައިޒާ ވެކްސިން ގެ އިތުރުން އޮކްސްފޮޑްގެ ވެކްސިން ވެސް ޖަހަން ފަށާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ