ސެމްސަންގުން އެންމެ ފަހުން ނެރުނު ގެލެކްސީ އެސް 21+ 5ޖީ އަދި އެސް 21+ އަލްޓްރާ 5ޖީ ޕްރީ އޯޑަރު ކުރަން އުރީދޫއިން ހުޅުވާލައިފިއެވެ.
އުރީދޫއިން ބުނީ ޕްރީއޯޑަރަށް ގަންނަ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 21+ ސީރީޒްގެ ފޯނަކާއެކު ކޮންމެ މަހަކު ދެ ޖީބީ ހިލޭ ޑޭޓާ، ހަ މަސް ދުވަހަށް ލިބޭނެ ކަމަށެވެ. ޕްރީއޯޑަރު ކުރާ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 21+ އަކާއެކު ސްމާޓް ޓެގް އަދި ގެލެކްސީ ފިޓް 2 ފިޓްނަސް ބޭންޑެއް ލިބޭނެއެވެ. ސެމްސަންގް ގެލެކްސީ އެސް 21+ އަލްޓްރާއަކާއެކު ސްމާޓް ޓެގަކާއި ގެލެކްސީ ބަޑްސް ލައިވް ޕްލަސްއެއް ލިބޭނެ ކަމަށް އުރީދޫއިން ބުންޏެވެ.
އުރީދޫއިން ސެމްސަންގް ގެލެކްސީ އެސް 21+ (256 ޖީބީ) ވިއްކަނީ 22،799 ރުފިޔާއަށެވެ. ސެމްސަންގް ގެލެކްސީ އެސް 21+ އަލްޓްރާ (256 ޖީބީ)ގެ އަގަކީ 27،399 ރުފިޔާއެވެ.
ސެމްސަންގް ގެލެކްސީ އެސް 21 ސީރީޒްގެ ފޯނުތައް އުރީދޫއިން ގަންނަ މީހުންނަށް އީ ސިމް އަޕްގްރޭޑް ވެސް މުޅިން ހިލޭ ލިބޭނެއެވެ.
އުރީދޫއިން މިއަދު ޕްރީއޯޑަރަށް ހުޅުވާލި ސެމްސަންގް ގެލެކްސީ 21+ ސީރީޒްގެ ފޯނުތައް މޫލީ މެދުވެރިކޮށް ޕްރީ އޯޑަރު ކުރެވޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު